ޚަބަރު

100 ކިލޯގެ ޑްރަގް މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާކޮށްފި


ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ މައްޗަށް ދަޢުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ބަރުދަނުގައި ގާތްގަނޑަކަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ތުހުމަތު ކުރެވޭ 10 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށެވެ. ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ 5 މީހެއްގެ މައްޗަށް އުފުލާފައިވާއިރު، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ވަނީ އެކަކުގެ މައްޗަށް އުފުލާފައެވެ.

ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުންވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ 8 މީހެއްގެ މައްޗަށް އުފުލާފައެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ 8 މީހުން

  • 1. ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
  • 2. ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ޙަބީބު
  • 3. ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު
  • 4. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން
  • 5. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
  • 6. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
  • 7. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް
  • 8. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ

  • 1. ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުޙަތު އިބްރާހީމް
  • 2. މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމް
  • 3. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
  • 4. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
  • 5. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް

ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ

1. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

މިމައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ދެ ބިދޭސީން އެކަންޏެވެ. ފުލުހުން ބުނީ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.