ކުޅިވަރު

އިންގްލިޝް ޕްރިމިއަރ ލީގް: ލިވާޕޫލާއި ޓޮޓްނަމް މެޗު އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މެޗްގެ 13 ވަނަ މެޗްގައި ޓޮޓްނަމުން ލީޑު ނެގީ ހެރީ ކޭން ޖަހައިދިން ލަނޑުންނެވެ. އަދި މެޗްގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ޓޮޓްނަމަށް އިތުރު ދެތިން ލަނޑު ޖެހޭވަރަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވީ މެޗްގެ 35 ވަނަ މިނެޓްގައި ލިވަޕޫލުން ލަނޑެއް ޖަހައި، މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ. އަދި މިމެޗްގައި ލިވަޕޫލުގެ ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ އެންޑީ ރޮބަރޓްސަންއެވެ. ނަމަވެސް ލިވަޕޫލަށް މިލީޑް ދެމެހެއްޓޭވަރުވީ ފަސް މިނެޓް ވަންދެންނެވެ. ޓޮޓްނަމުން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ ސޮން ހިއުންގ މިން. އަދި މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހައިދިން ރޮބަރޓްސަން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މިމެޗް އެއްވަރުވުމުން ލިވަޕޫލަށް މިހާރު ލިބިފައިވަނީ 18 މެޗުން 41 ޕޮއިންޓެވެ. އަދި މިމެޗް އެއްވަރުވުމާއެކު ލިވަޕޫލާއި އެއްވަނައިގާއުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު މިހާރު ވަނީ ތިން ޕޮއިންޓަށް އިތުުރުވެގެންގޮސްފައެވެ. މިމެޗް އެއްވަރު ވުމާއެކު ޓޮޓްނަމަށް 15 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.