ޚަބަރު

މަރުވި އަންހެންމީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ


ޖިންސީ އަނިޔާގެ މައްސަލާގައި
އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި
ނިޔާވެފައިވާ، ގދ.ތިނަދޫ ޓޭންކް،
ޒިޔާދާ ނަޢީމްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައި ޕޯސްޓް މޯޓަމް ހަދަން
ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް
ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވިދާޅުވީ، ޒިޔާދާގެ ހަށިގަނޑު ޕޯސްޓް މޯޓަމް
ހަދަން ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާއި
ގުޅިގެން ކުރިޔަށް ގެންދާ ކަމަށާއި،
ފޮނުވާނެ ޤައުމެއް ހަމަޖެއްސުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންގެންދާ ކަމަށެވެ.



ޒިޔާދާގެ ހަށިގަނޑު
ރާއްޖެއިން ބޭރަށް ފޮނުވައި ޕޯސްޓް މޯޓަމް ހަދަން ނިންމާފައި ވުމުގެ އިތުރުން
މިހާރު މިމައްސަލަ މަރުގެ މައްސަލައެއްގެ ގޮތަށް ބަދަލުކޮށް މައްސަލައިގެ ތަޙްޤީޤު
ކުރިޔަށް ގެންދަނީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި
ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ގުޅިގެންކަމަށް ފުލުހުން
ވިދާޅުވެއެވެ.ޒިޔާދާ ހައްޔަރުކުރިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.