ސިޔާސީ

ކާނަލް ނާޒިމްގެ މައްސަލައިގައި 2 މީހެއްގެ ހެކިބަސް ނަގައިފި


ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް މުޙައްމަދު ނާޒިމްގެ ފަރާތުން ހައިކޯޓްގައި އިސްތިޢުނާފްކޮށްފައިވާ މައްސަލައިގައި ދެފަރާތެއްގެ ހެކި ބަސް ނަންގަވައިފިއެވެ.މިއަދުގެ ޝަރީޢަތުގެ މަޖިލިސްވެސް ކުރިއަށް ގެންދަވާފައިވާނީ ސިއްރުކުރައްވައިގެންނެވެ.ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވަވާފައިވާ މުޙައްމަދު ނާޒިމްގެ މައްސަލައިގައި މިއަދު  ކޯޓަށް ޙާޟިރުކުރައްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ ކެޕްޓަން ޢަލީ އިޙްސާން އަދި ރައީސް ޢބްދުﷲ ޔާމީނާއި ސަރުކާރުގެ ބައެއް އިސްވެރިން އަވަހާރަކޮށްލަން ނާޒިމް ރާވާފައިވާ ކަމަށް ބުނާ ޕްލޭނެއްގެ މަޢުލޫމާތު ހިމެނޭ، ޕެންޑްރައިވްގެ މަޢުލޫމާތުތައް އެނަލައިޒްކުރި ފުލުހުގެ ބޭފުޅެކެވެ. ނާޒިމްގެ ޝަރީޢަތް ދަށުކޯޓުން ހިންގެވިއިރު ދިފާޢީ ވަކީލެއްގެ ގޮތުގައި އިޙްސާންގެ ނަން  ހުށައެޅިނަމަވެސް ކްރިމިނަލް ކޯޓަށް އޭނާ ޙާޟިރުކޮށްފައެއް ނުވެއެވެ.އިއްޔެވެސް ނާޒިމްގެ އިސްތިޢނާފް މައްސަލައިގެ އަޑު އެހުންތަކެއް ބޭއްވެވިއެވެ. ދައުލަތުން ހުށައެޅުއްވި ސިއްރު ލިއުމެއް ޙިއްޞާކުރުމުގެ ގޮތުން އިއްޔެގެ އަޑުއެހުންވެސް ކުރިއަށްގެންދަވާފައިވަނީ ސިއްރު ކުރައްވައިގެންނެވެ.