ޚަބަރު

ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްގެ ނަމުގައި އިދާރާއެއް


ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އުފައްދަވައިފިއެވެ.މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އުފައްދަވާފައިވާ މި އިދާރާއަކީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން އުފައްދަވާފައިވާ އިދާރާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްގެ މަސައްކަތްތަކުގެތެރޭގައި:- 1. ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ނިންމުމުގައި ބޯޑަށް ބޭނުންވާ ދިރާސާތައްކުރުން.2. ބޯޑް އޮފް އިންވެސްޓްމަންޓަށް ބޭނުންވާނެ މަޢުލޫމާތާއި ތަފާސްހިސާބު ހޯދުން.3. ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ތަންފީޒުކުރުން.4. ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.5. ބޯޑް އޮފް އިންވެސްޓްމަންޓާއި ޓެކްނިކަލް ކޮމިޓީއާ ދޭތެރޭގައި ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން.6. ބޯޑް އޮފް އިންވެސްޓްމަންޓުގެ ނިންމުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ބޯޑުގެ ބައްދަލުވުންތަކުގެ ރިކޯޑު ބެލެހެއްޓުމާއި، ބޯޑުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޯޑުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.7. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫން ޤާނޫނުތަކުން ބޯޑް އޮފް އިންވެސްޓްމަންޓުގެ މަސްއޫލިއްޔަތު ކަމުގައި ހަމަޖައްސާ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުން8. ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ތަންފީޒުކުރުމުގައި ބޯޑް އޮފް އިންވެސްޓްމަންޓަށް އެހީތެރިވެދިނުން.9. ޤާނޫނުގައިވާ ގޮތުގެ މަތިން ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ދޭންޖެހޭ އިދާރީ، ފަންނީ އަދި އެހެނިހެން އެހީތެރިކަން ދިނުން.