އިންގްލިޝް ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި އެވަރޓަން ބައްދަލުކުރިމެޗް ޕެލަސް ކާމިޔާބުކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕެލަސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހައިދިނީ ޕެލަސްގެ ކޯނަރ ގެލެގަރ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހައިދިނީ ޖޭމްސް ޓޮމްކިންސްއެވެ. މިމެޗްގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ ސަލޮމޮން ރޮންޑޮންއެވެ. މިލަނޑާއެކު އެވަޓަންއަށް ކޮންމެވެސް ވަރެއްގެ އުންމީދެއް އާވި ނަމަވެސް އެޓީމަށް މިމެޗްގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި މެޗްގެ އިތުރު ވަގުތުގައި މިމެޗްގައި ގެލެގަރ ޖަހައިދިން ދެވަނަ ލަނޑައެކު މިމެޗުން ޕެލަސް މޮޅުވާނެކަން ޔަގީންވެގެން ދިޔައެވެ.
މިކާމިޔާބީއާއެކު ކްރިސްޓަލް ޕެލަސް އަށް ވަނީ 16 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެވަޓަން އުޅެނީ 18 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.