ޚަބަރު

ކޯވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެ، މިއަދު އެކަނިވެސް 9 ރަށެއް މޮނިޓަރިންއަށް


ކޯވިޑް ކޭސްތައް ފެނުމާއި ގުޅިގެން މިއަދު އެކަނިވެސް 9 ރަށެއް މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަނެއްކާވެސް ރާއްޖޭގައި ކޯވިޑް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ގިނަ ޕޮޒިޓިވްކޭސް ތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރިގޮތުގައި މިއަދު އެކަނިވެސް 9 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި ނުވަ ރަށާއެކު، މިވަގުތު މޮނިޓަރިންގެ ހާލަތުގައި ޖުމްލަ 21 ރަށެއް އެބައޮތެވެ.

އެޗްޕީއޭއިން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރޭގައި ހދ.ހަނިމާދޫ، ނ.ލަންދޫ، ނ.މިލަދޫ، ބ.އޭދަފުށީ، ބ.ދޮންފަނު، ޅ.ހިންނަވަރު، ތ.ވިލުފުށީ، ތ.ހިރިލަންދޫ އަދި ގދ.ރަތަފަންދޫ ހިމެނެއެވެ.

މީގެ އިތުރުން މި މަހުގެ ތެރޭގައި ދ. ކުޑަހުވަދޫ އާއި އދ. މާމިގިލި، ނ. މާފަރު ވެސް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އޮކްޓޫބަރ އަދި ނޮވެމްބަރ މަސްތެރޭގައި އެޗްޕީއެއިން 4 ރަށެއްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެއީ އދ. މަހިބަދޫ، ނ. ވެލިދޫ، ނ. މިލަދޫ، މ. މުލަކެވ.ެ އަދި މީގެ ކުރިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށް ތަކުގެ ތެރެއިން އައްޑޫ ސިޓީގެ 5 ރަށެއް ހިމެނެއެވެ. އެއީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުުޅުމީދޫއެވެ. މިރަށްތައް މޮނިޓަރިންގަ އޮންނަތާ ހަތަރު މަހެއްހާ ދުވަސް ވަނީ ވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން އިއްޔެ އެކަނިވެސް 218 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 118 މީހުން ޕޮޒިޓިވް ވެފައިވަނީ އަތޮޅު ތެރޭގެ ރަށްރަށުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދުވަނީ 93،064 އަރާފައެވެ.