ޚަބަރު

ބ.އަތޮޅުން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ


ބ.އަތޮޅު ހޮސްޕިޓަލުގެ ކޯވިޑް ފެސިލިޓީގައި ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެ، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 258 އަށް އަރައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިއަދު ހެނދުނު ނިޔާވީ އެއަތޮޅު ދޮންފަނު އުމުރުން 80 އަހަރުގެ އަންހެނެއްކަމަށެވެ. މި އަންހެންމީހާ ފަރުވާދިނުމަށް ފެސިލިޓީއަށް ގެންދިޔައީ މީގެ ހަތަރު ދުވަސް ކުރިންކަމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވީ 258 ވަނަ މީހާއެވެ. އަދި މިއީ މިހާތަނަށް މިބަލީގައި ބ.އަތޮޅުންމަރުވި 4 ވަނަ މީހާއެވެ.
މިހާރުވެސް އަތޮޅުގެ ބައެއް ރަށްރަށުގައި މިބަލި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން ދޮންފަނާއި އޭދަފުށީގައި މިބަލި ފެތުރެމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ކޯވިޑް ޓާސްކް ފޯސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބ.އަތޮޅުގައި މޮނިޓަރިންގައި އޮތީ ވެރިކަން ކުރާ އޭދަފުށްޓެވެ. އޭދަފުށީގައި މިހާރުވެސް މިބަލިފެނި 61 މީހަކުވަނީ ކަރަންޓީންކޮށްފައެވެ. ކޯވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ.