ޚަބަރު

އަދީބުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބަދަލެއް ނާދޭ- ޕޮލިސް


ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މިހާރު ތަހްޤީޤެއް
ނުހިންގަވާކަމަށް ބުނެ އޭނާގެ ވަކީލުން ދައްކަވާ ވާހަކަތަކަކީ، ހަޤީޤަތާއި ހިލާފް
ވާހަކަތަކެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.



މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވިދާޅުވީ ރިޔާސީ
ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ފުލުހުން ތަހްޤީޤްކުރަމުންދާކަމަށާ،
އެމައްސަލައާއި ގުޅިގެން އަދީބުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށް އެއްވެސް
ބަދަލެއް އައިސްފައިނުވާކަމަށެވެ.

އަދި އަދީބުުގެ މައްޗަށް ތުހުމަތުކުރަނީ
އެމްއެމްޕީއާރުސީގެ މައްސަލައިގަ އެކަނިކަމަށް ބުނެ، ފުލުހުންނާ ހަވާލާދީ އޭނާގެ
ވަކީލެއްގެ ނަމުގައި ނެރެފައިވާ ބަޔާނަކީ ހަޤީޤަތާ ހިލާފް ދޮގު ބަޔާނެއްކަމަށް
ފުލުހުން ވިދާޅުވެއެވެެ.



ފުލުހުން ވިދާޅުވީ، ފުލުހުންގެ މަސައްކަތާއި ގުޅޭ
ގޮތުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މިފަދަ ހަޤީޤަތާއި ޚިލާފް އަަމަލުތައް
ހިންގާ ފަރާތްތަކާއި ގުޅޭގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަަވަޅު އަޅާނެކަމަށެވެ. 

އަދި
ފުލުހުން ހިންގާ ތަޙްޤީޤްތަކުގައި ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ
ފަރާތްތަކުން މިބާވަތުގެ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާކަމަށް ފުލުހުންގެ
ބަޔާނުގައިވެއެވެ.