ވިޔަފާރި

"އެމްޕީއެލްގެ ދަށުން ޓީ ޖެޓީ ނެގުމުގެ ބާރުއޮތީ ހައުސިންގ މިނިސްޓްރީއަށް"


މޯލްޑިވްސް ޕޯޓްސް ލިމިޑެޓުގެ ދަށުން ޓީ ޖެޓީ ނެގުމުގެ ބާރު އޮންނަނީ ހައުސިންގ މިނިސްޓްރީއަށް ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލުން ވިދާޅުވީ އެކުންފުންޏާ ޓީޖެޓީ ޙަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގައި ސޮއިކޮށް 2015ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ކަމަށެވެ.

އެމްޕީއެލްއާ ހައުސިންގ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ މުއްދަތު ހަމަވެފައިވާ ކަމަށް މީޑިއާތަކުގައި ވާހަކަދެކެވުނަސް، އެމްޕީއެލްއާއި ޓީ ޖެޓީ ހަވާލުކުރުމަށް ސޮއިކޮށްފައިވާ އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައި ނުވެސްވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްގެ ދަށަށް ޓީ ޖެޓީ ގެންދިއުމަށް ކުރިންވަނީ ފާސްކޮށްފައެވެ. ޓީ ޖެޓީ އެ ކައުންސިލާ ޙަވާލުކުރުމަށް ދީފައިވަނީ 90 ދުވަހުގެ މުއްދަތެކެވެ. ކައުންސިލްގެ ދަށަށް ޓީ ޖެޓީ ގެންދިއުމުގެކުރިން އެތަނުގައި ހުރި އެމްޕީއެލްގެ މުދަލާއި ތަކެތި ހުސްކުރުމަށް ދިން 90 ދުވަސް އަންނަ އާދިއްތަ ދުވަހަށް ހަމަވާނެއެވެ.