ޚަބަރު

16 އަހަރުފަހުން ޖަރުމަންވިލާތަށް އައު ޗާންސަލަރެއް


16 އަހަރުފަހުން ޖަރުމަންވިލާތުގެ ޗާންސެލަރުގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

ޖަރުމަންވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގައި ބޮޑު އަޣްލަބިއްޔަތަކުން ޗާންސެލަރުގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ ކުރީގެ ޗާންސެލަރުގެ ނައިބުގެ މަޤާމުގައި ހުންނެވި އޯލާފް ޝޮލްޒްސެވެ. އެއާއެކު މެދުމިނުމުގެ ސިޔާސަތުތަކެއް ގެންގުޅުއްވި އެންގެލަރ މާކެލްގެ ވެރިކަން ނިމުމަކަށްވަނީ އައިސްފައެވެ. މާކެލުގެ ސަރުކާރުގައި މާލީ ވަޒީރުކަންވެސް ކުރެއްވި ޝޮލްޒްސަކީ ވިލާތަށް ފައިދާވައި އަދި ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކެއް ތަންފީޒުކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅެކެވެ. އޭނާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އިންތިޚާބުވެވަޑައިގެންނެވި ޖަރުމަންވިލާތުގެ ނުވަވަނަ ޗާންސެލަރަށެވެ.

ޢުމުރުފުޅުން 63 އަހަރުގެ ޝޮލްޒްސް ވެރިކަންކުރައްވާނީ ތިން ޕާޓީ ހިމެނޭ އިއްތިޙާދަކުންނެވެ.