ޚަބަރު

ވެލިނަގައިގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ


ފ. އަތޮޅު ފަރަކުން ވެލިނަގައިގެން
ފީއައްޔަށް ދަތުރުކުރި ދޯންޏަކަށް ރާޅުއަރައި އެއަތޮޅު މަކުނުއެރި ސަރަހައްދަށް
އަޑިއަށް ހިނގައްޖެއެވެ.



ފުލުހުން ވިދާޅުވީ އެހާދިޘާ
މައުލޫމާތު ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު، ނިލަންދޫ ޕޮލިސް
ސްޓޭޝަންގައި ދުއްވާ ލޯންޗު އެސަރަޙައްދަށް ގޮސްފައިވާކަމަށެވެ. އަދި ދޯނި އަޑިއަށް ދިޔަ ސަރަޙައްދަށް
ޕޮލިސް ލޯންޗު ދިޔައިރު، ދޯނީގައި އެވަގުތު ތިބި 3 މީހުން އެދޯނީގައި އޮންނަ
ބޮއްކުރާއަކަށް އަރައި ސަލާމަތްވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.



މިޙާދިސާގައި ދޯނި އަޑިއަށް
ގޮސްފައިވީނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް ފުލުހުން
ވިދާޅުވެއެވެ. އަދި ދޯނިން ދަތުރު ކުރި 3 މީހުން ފުލުހުންގެ ލޯންޗްގައި ފ އަތޮޅު ފީއައްޔަށް
ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.



މި ޙާދިސާގައި އަޑިއަށް
ގޮސްފައިވަނީ ގާތްގަނދަކަށް 35 ފޫޓުގެ ދޯންޏެއްކަމަށާއި، މި ޙާދިސާ ހިނގަން މެދުވެރިވި
ސަބަބު އިތުރަށް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.