ޚަބަރު

ތާޖުއްދީން ސްކޫލުން ވަގަށް ނެގި ތަކެތި ހޯދައިފި


ތާޖުއްދީން ސްކޫލްގެ ސްޓާފްރޫމަށް ބަޔަކު ވަދެ، ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުުހުން ވިދާޅުވީ ތާޖުއްދީން ސުކޫލްގެ ސްޓާފް ރޫމަށް ބަޔަކު ވަދެ، ވައްކަންކޮށްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނުގެ ވަގުތެއްގައި ލިބިފައިވާކަމަށެވެ. އަދި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ 7 ޓެބްލެޓަކާއި ހޭންޑްބޭގެއް މިއަދު ވަނީ ހޯދާފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ވަގަށް ނެގި ތަކެތި ހޯދާފައިވަނީ މާލޭގެ ގެއެއްގައި ފޮރުވާފައި ހުއްޓާ ކަމަށެވެ .

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ..