ޚަބަރު

ކޯވިޑްގައި މިއަދުގެ ދެވަނަ މަރު، ރާއްޖެއިން 253 މަރު


ކޯވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 253 އަށް އަރައިފިއެވެ.

މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 8:28 ނިޔަވީ ހއ. ތުރާކުނު މީހެކެވެ. މިއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ މިބަލީގައި ނިޔާވި 253 ވަނަ މީހާއެވެ.

މިއަދު ފުރަތަމަ ނިޔާވީ ދ.ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ.