ކުޅިވަރު

ނަތީޖާ އަަނބުރާލެވުނީ ސަޕޯޓަރުންގެ ސަބަބުން – އަސްއަދު އަލީ


މިއަދުގެ މެޗުގެ ނަތީޖާ އަނބުރާލެވުނީ ސަޕޯޓަރުންގެ ސަބަބުންކަމަށް މިޑްފީލްޑަރ އަސްއަދު އަލީ ބުނެފިއެވެ. ސާފް ސުޒުކީ ކަޕްގައި މިއަދު ބަނގްލަދޭޝް އަތުން މޮޅުވެ، ސެމީ ގާތްގަނޑަކަށް ކަށަވަރުކުރި މެޗަށްފަހު އަސްއަދު ބުނީ ނަތީޖާ އެއްވަރުވެފައިވަނިކޮށް، ނަތީޖާ ބަދަލުކޮށްލެވުނީ ސަޕޯޓަރުންގެ ސަބަބުންކަމަށެވެ." އެއްވަރުވެފައިވަނިކޮށް ނަތީޖާ ބަދަލުކޮށްލެވުނީ ސަޕޯޓަރުންގެ ސަބަބުން. ސަޕޯޓަރުންގެ ދިން ހިތްވަރާއި ސަޕޯރޓްގެ ސަބަބުން. ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. " މެޗަށްފަހު އަސްއަދު ބުނެޏްވެ.ޓީމްގެ ޑިފެންޑަރ ޝާފިއު އަހުމަދު ބުނީ މިއީ މުޅީ ޓީމްގެ ބުރަ މަސައްކަތް ކަމަށާއި، ކޯޗު ކުރާ އިތުބާރަށް ޝުކުރު އަދާކުރާކަމަށެވެ." މިއީ މުޅި ޓީމްގެ ބުރަ މަސައްކަތް. ފުރަތަމަ މެޗުގައި ޑިފެންސްގައި މައްސަލަތަކެއް ހުރިކަން ޤަބޫލުކުރަން. ނަމަވެސް ކޯޗު ކުރި އިތުބާރަށް ޝުކުރު އަދާކުރަން. މިއަދު ސާބިތުކޮށްދީފިން ކޯޗު ބޭނުންވާގޮތަށް ކުޅެވޭނެކަން. " ޝާފިއު ބުންޏެވެ.ރާއްޖެއިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ނާއިޒް ހަސަންއާއި އަހުމަދު ނާޝިދުގެ ދެ ގޯލުންނެވެ. އޭރު ދެޓީމް އޮތީ 1-1 ން އެއްވަރުވެފައެވެ.