ޚަބަރު

ޖަރުމަނު ލީގު ތާވަލްގެ އެއްވަނަ ބަޔާން މިއުނިކް ދަމަހައްޓައިފި


ޖަރުމަނު ލީގުގައި ރޭ އާރްމީނިއާ ބީލަފީލްޑް ބަލިކޮށް ބަޔާން މިއުނިކް، ޖަރުމަނު ލީގު ތާވަލްގެ 1 ވަނަ މަގާމު ދަމަހައްޓައިފިއެވެ.

މި މެޗް ބަޔާން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ބަޔާނުން ވަނީ އެއް ސީޒަންއެއްގައި އެންމެ ގިނަ ގޯލްޖެހި ރެކޯޑް މުގުރާލާފައެވެ. 1977ވަނަ އަހަރު އެލީގައި މި ރެކޯޑް ދަމަހައްޓާފައިވަނީ ކޮލޯންއިން 101 ގޯލް ޖަހައިގެންނެވެ. ނަމަވެސް ރޭ ބަޔާން މިއުނިކްއިން ޖެހި ގޯލްއާއެކު އެޓީމްވަނީ މިސީޒަންގައި 102 ގޯލް ޖަހާ ކޮލޯންގެ ރެކޯޑް މުގުރާލާފައެވެ.

މިމެޗަށް ނުކުތްއިރު އެޓީމްއަށްވަނީ އެއްވަނަ މާގާމް ގެއްލިފައެވެ. އެއީ ޑޯޓްމަންޑްއިން ވުލްފްސްބާގްގެ މައްޗަށް 3 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ. ނަމަވެސް ބަޔާންއިން އާރްމީނިއާގެ މައްޗަށް ކުރި ހޯދުމާއެކު އެޓީމްއަށް އަލުން ތާވަލްގެ އެއްވަނަ މަގާމް ލިބިގެންދިޔައެވެ. މިމެޗްގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ 71 މިނެޓްގައި ލެރޯއި ސާނޭއެވެ.

ބަޔާން އެއް ވަނައިގައި އޮތީ 13 މެޗުން 31 ޕޮއިންޓާ އެކުއެވެ. ޑޯޓްމަންޑް ދެ ވަނައިގައި އޮތީ 13 މެޗުން 30 ޕޮއިންޓް ހަމަކޮށްގެންނެވެ.