ކުޅިވަރު

ބަނގްލަދޭޝް ކުޅުނު ކުޅުން ބަލާކަށް ބޭނުމެއްނޫން – އަސަދުﷲ


އަފްޣާނިސްތާނާއި ދެކޮޅަށް ބަނގްލަދޭޝް ކުޅުނު ކުޅުން ބަލަން ބޭނުން ނުވާކަމަށާއި، ތިން ޕޮއިންޓް ނޫން އެއްޗެއް ވިސްނުމުގައި ނެތްކަމަށް ދިވެހި ޓީމްގެ ފޯވާޑް އަސަދުﷲ އަބުދުﷲ ބުނެފިއެވެ. ސާފް ސުޒުކީކަޕްގައި މާދަމާ ބަނގްލަދޭޝްއާއި ދެކޮޅަށް ނިކުންނަންޖެހޭ މެޗާއި ގުޅޭގޮތުން އަސަދުﷲ ބުނީ ރާއްޖެ ބޫޓާން އަތުންވީ މޮޅާއި މެދުވެސް ނުވިސްނާކަމަށާއި، ވިސްނަނީ މާދަމާގެ މެޗުން ތިން ޕޮއިންޓް ހޯދަންކަމަށެވެ." ތިން ޕޮއިންޓަށް އަޅުގަނޑުމެން ވިސްނަނީ. ބޮޑު ތަފާތަކުން މޮޅޫވުމަކަށްނޫން. ހަމަ ސީދާ ތިން ޕޮއިންޓަށް ޓާގެޓް ކުރަނީ. " އިއްޔެ ބޫޓާން ކޮޅަށް ދެވަނަ ލަނޑު ޖެހި ފޯވާޑް ބުންޏެވެ.ބޫޓާން މެޗާއި ގުޅޭގޮތުން އަސަދުﷲ ބުނީ ލަނޑުގެ އަދަދު މަދުވިޔަސް ގިނަ ފުރުޞަތުތަކެއް ލިބުނުކަމަށެވެ. " ވަރަށް ރަނގަޅު ކުޅުމެއް ކުޅުނު. ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ކުޅުނު. މާދަމާގެ މެޗަށް ހުރިހާކަމެއްވެސް ހުރީ ވަރަށް ރަނގަޅަށް. މޯޓިވޭޝަންވެސް ރަނގަޅު. އިއްޔެ ގޯލަށް ނުޖެހުނު ބައި، ބާކީ ހުރި މެޗުތަކުގައި ވަންނާނެ. " އަސަދުﷲ ބުންޏެވެ.