ޚަބަރު

ފަޅުރަށަކަށް ދިޔަ ދެ މީހަކު ގެއްލިގެން ހޯދަނީ


ފަޅު ރަށަކަށް ޑިންގީއެއްގައި ދިޔަ ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ ދެ މީހުން ފަޅުރަށް ފުރީ މިއަދު ހެނދުނު ކަމަށެވެ. ގެއްލިގެން ހޯދަމުން އަންނަ ދެ މީހުންނަކީ ގދ . ގައްދޫ ޗިޗަންޑާގޭ އުމުރުން 79 އަހަރުގެ އަބްދުއްރަހީމާއި ހަމަ އެަރަށު ޗަންބޭލީގެ އުމުރުން 25 އަހަރުގެ ހަސަން މަޖްދީއެވެ.

މި ދެމީހުން ޑިންގީގައި ދިޔައީ ގދ.މާވަރުލުއާއި ގދ.ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ މި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރަމުން އެބަގެންދާކަމަށާއި. މި މީހުން ގެއްލިގެން ރިޕޯޓްކުރީ މިރޭ 22:03 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.