ކުޅިވަރު

ސްޕެނިޝް ގްރޯން ޕްރީއާއެކު އެފްވަންއިން ހަދާފައިވާ އެއްބަސްވުން 2026އަށް އިތުރުކޮށްފި


ސްޕެނިޝް ގްރޯން ޕްރީއާއެކު ފޯމިއުލަރ ވަން އިން ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރާއި ހަމައަށް އިތުރުކޮށްފިއެވެ. ސްޕެނިޝް ގްރޯން ޕްރީ ބާއްވަމުން އަންނަނީ ސަރކިޓް ޑި ބާސެލޯނާ ކަޓަލޫނިއާގައެވެ.

އެފް ވަންއިން ބުނީ މިއަންނަ އަހަރުގެ ރޭސް ބާއްވާ ތާރީޚް ކަމަށްވާ 22 މެއި ގެ ކުރިން އެ ރޭސް ޓްރެކްގެ ލިބެން ހުރި ހިދުމަތްތައްވެސް މިހާރަށް ވުރެ ރަނގަޅު ކުރަންވެސް އެސަރކިޓްގެ ކަންތައްތައް އިންތިޒާމް ކުރާ ފަރާތުންވަނީ އެއްބަސްވެފައެވެ. އެރޭސް ވެގެން ދާނީ މިއަންނަ އަހަރުގެ ހަވަނަ ރޭހަށެވެ. މިއަހަރުގެ ސީޒަނަކީ މިހާތަނަށް އެފް ވަންގެ އންމެ ގިނަ ރޭސް ބާއްވާ ސީޒަނެވެ. މިގޮތުން މިހާރުވަނީ 23 ރޭސް ބާއްވަން ތާވަލްކޮށްފައެވެ. ސްޕެނިޝް ގްރޯން ޕްރީއާއެކު އަލަށް ހެދި އެއްބަސްވުމުގައި އެޓްރެކް ގިނަ ދުވަހަށް ބޭނުން ކުރެވޭ އަދި އެހެން ފަރާތްތަކަށް ނަމޫނާ ދައްކާ ބެންޗްމާކް ޓްރެކަކަށް ހެދުމަށް ވަނީ އެއްބަސްވެފައެވެ.

އެފް ވަން އިން އަންނަނީ 2030 އަންނަންވާއިރަށް ފޯމިއުލަރ ވަން އަކީ ނެޓް ޒީރޯ ކާބަންގެ ކުޅިވަރަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.