ކުޅިވަރު

ސީނިއަރ ވޮލީ ޓީމުން ޒުވާން މާއިޝް، ނާފިއު އަދި ޝާމިލަށް ފުރުސަތު ދީފި


އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތަށް ނެގި ގައުމީ ސީނިއާ ވޮލީ ޓީމުގެ 15 ކުޅުންތެރިންގެ ސްކޮޑުން ޒުވާން 3 ކުޅުންތެރިއަކަށް ފުރުސަތު ދީފިއެވެ. މިތިން ކުޅުންތެރިންނަކީ މާއިޝް އަޙުމަދު، އަޙުމަދު ނާފިއު އަދި ޝާމިލް މުޙައްމަދުއެވެ. ޤައުމީ ޓީމް މިހާރު ފަރިތަކުރުންތައް ކުރިއަށްގެންދަނީ މިއަންނަ މަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތަށެވެ. މިތިން ކުޅުންތެރިންނަކީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގައިވެސް ހިމެނޭ ތިން ކުޅުންތެރިންނެވެ. އަދި މިތިން ކުޅުންތެރިންވަނީ އެންމެ ފަހުން ބޭއްވި ގައުމީ ބީޗް ވޮލީ މުބާރާތާތުގައިވެސް ވާދަކޮށްފައެވެ.

އުމުރުން 17 އަހަރުގެ މާއިޝް އަކީ 19 އަހަރުން ދަށުގެ ކެޓަގަރީގެ ބީޗް ވޮލީ ޗެމްޕިއަނެކެވެ. އަދި 23 އަހަރުގެ ޗެމްޕިއަންކަން ހޯދީ ނާފިއު އާއި ޝާމިލްގެ ޕެއަރ އިންނެވެ. ގައުމީ ޓީމަށް ނެގި 23 ކުޅުންތެރިންނަކީ ޢަލީ ހުޒާމް، އިސްމާޢީލް ސާޖިދު، އަޝްފާގު އާދަމް، ހުސެއިން ވިސާމް، ހަސަން ނިލާމް، އާދަމް ފައިރޫޒް، މުޙައްމަދު ނައީމް، ޝަމާއިލް ހުސެއިން، ހުސެއިން ޝާހިދު، ޝުޢައިބް ޢަބްދުއްލަތީފް، ޖަވާމް ޢަލީ، އަޙުމަދު ނާފިއު، މާއިޝް އަޙުމަދު، ޝާމިލް މުޙައްމަދު އަދި އަޙުމަދު ޝިމާއުއެވެ. ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމްއިން ޖާގަ ހޯދި ތަޖްރިބާކާރު ކުޅުންތެރިންޔާ އަޝްފާގް އާދަމް މިފަހަރު ކުޅޭނީ ލިބަރޯއަށެވެ. އަންމަ މަހު ބަންގްލަދޭޝަގައި އޮންނަ މުބާރާތަށް ދިއުމުގެ ކުރިން 12 ކުޅުންތެރިންނަށް ފައިނަލް ޓީމް އެކުލަވާލާނެއެވެ. މުބާރާތަށް ދިއުމުގެ ކުރިން ގައުމީ ޓީމަށް ޓްރެއިނިންގް ކޭންޕެއްވެސް ހަމަޖެއްސުމަށް އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިޓީމްގެ ކޯޗަކީ ތަޖްރިބާކާރު ކޯޗް އިސްމާޢީލް ސާޖިދެވެ. މިއީ ގައުމީ ސީނިއަރ ޓީމަށް ކޯޗް ސާޖިދު ކޯޗްކޮށްދޭ ތިންވަނަ ފަހަރެވެ.