ޚަބަރު

ކަނޑުމަތީގެ ސަލާމަތާ ބެހޭ ޤަވާޢިދަށް ބަދަލުތަކެއް ގެނެސްފި


ކަނޑުމަތީގެ ސަލާމަތާ ބެހޭ ޤަވާޢިދަށް ބަދަލުތަކެއް ގެންނަވައި ގެޒެޓްކުރައްވަން
ފޮނުއްވާފައިވާ ކަމަށާއި، އަންނަ ހަފްތާ ތެރޭގައި މި ޤަވާޢިދު
ގެޒެޓް ކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން
ވިދާޅުވެއްޖެއެވެ.



ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާބެހޭ ޤައުމީ މަހާސިންތާ ނިންމާލެއްވުމަށްފަހު
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް
ޑިރެކްޓަރ ޙުސައިން ނަޒީރު ވިދާޅުވީ
ޤަވާޢިދު ގެޒެޓްކުރެވޭ ހިސާބުން ފެށިގެން އެއަށް އަމަލުކުރަށްވަން ފެއްޓެވިނަމަވެސް، ޤަވައިދުގައި
ހިމެނޭ  ބޮޑެތި
ކަންތައްތައް ތަންފީޒުކުރަން ފަށްޓަވާނީ 2017 ވަނަ އަހަރުގެ ޖަނަވަރީމަހުގައި
ކަމަށެވެ. 



ނަޒީރު
ވިދާޅުވި ގޮތުގައި ޤަވާޢިދުގައި ކުރީގެ ޤަވާޢިދުގައި ނުހިމެނޭ ގިނަ ކަންތައްތަކެއް
ހިމެނިފައިވާނެކަމަށެވެ. އަދި ކުރީގެ ޤަވާއިދުގައި ކުޑަކުދިންގެ ލައިފް ޖެކެޓް
އެޅުން މަޖުބޫރު ނުވިނަމަވެސް،  އިޞްލާޙުކުރެއްވި
ޤަވާޢިދުގައި ކުޑަކުދިންގެ ލައިފް ޖެކެޓް ހުރުން މަޖްބޫރު ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.  



ކަނޑުމަތީގައި
ދިމާވާ ޙާދިސާތައް މަދުކުރުމާމެދު މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ''ކަނޑުމަތީ
ސަލާމަތާ ރައްކާތެރިކަމާ ބެހޭ ޤައުމީ މަހާސިންތާ'' ގައި ކަނޑުމަތީގައި ދިމާވާ
ހާދިސާތައް މަދުކުރުމުގެ ގޮތުން ގިނަ ކަންތައްތަކާ ބެހޭގެތުން މަޝަވަރާ
ކުރެއްވިއެވެ. އަދި  މާލެއާ
ހުޅުލެއާ ދެމެދު އަޅުއްވާ ބްރިޖާ ގުޅިގެން ޓްރެފިކަށް އަންނާނެ ބަދަލުތަކާއި، އުޅަނދުފަހަރު
ވަދެ ނިކުންނަ މަގުތަކަށް ގެންނަން ހަމަޖެހިފައިވާ ބަދަލުތަކާއި، ކަނޑުދަތުރުކުރާ
އުޅަނދަށް ދުއްވާނެ ގޮތްތަކެއް ކަނޑައެޅުމުގެ މަޝަވަރާވެސް މި
މަހާސިންތާގައި ކޮށްފައިވެއެވެ. 



ކަނޑުމަތީ
ސަލާމަތާ ރައްކާތެރިކަމާބެހޭ ޤައުމީ މަހާސިންތާ ނިންމާލެއްވީ ކުރިއަށް އޮތްތާނގައި
މިފަދަ އިތުރު ދެ ބައްދަލުވުމެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ބާއްވަވާނެކަން
އިޢުލާންކުރެއްވުމަށްފަހުގައެވެ.