ވިޔަފާރި

ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބަހައްޓަނީ


މިރެއިން ފެށިގެން އަންނަ
ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. 

އިކޮނޮމިކް
މިނިސްޓްރީން ވިދާޅުވީ އެ ބަދަލު ވަގުތީ ގޮތުން ގެންނަން ނިންމީ، އަންނަ އަހަރުގެ
ކިޔެވުމަށް ފެށުމާ ދެމެދު މި އޮތް މުއްދަތުގައި ގިނަ ބަޔަކު ރޭގަނޑު ބާޒާރަށް
ނުކުންނާތީ، އެމީހުންނަށް އެ ފުރުސަތު ދިނުމަށް ކަމަށެވެ. އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. 

 އަންނަ މަހުގެ 14 ވަނަ
ދުވަހުގެ ނިޔަކަށް، ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިން
ނަމަވެސް، ކެފޭ/ރެސްޓޯރަންޓްތައް މިހާރެކޭ އެއްގޮތަށް ދަންވަރު 12 ޖަހާއިރު ބަންދު
ކުރަން ވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. 

ފިހާރަ، ކެފޭ، ރެސްޓޯރަންޓުން މީގެ ކުރިން ސައުވީސް ގަޑިއިރު ޙިދުމަތް ދެމުން ދިޔަނަމަވެސް، މާލޭތެރޭގައި ކުށްކުރުން އިތުރުވެގެން، އެކަން ހައްލުކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ފިހާރަތަކާއި ކެފޭތައް ބަންދުކުރާ ގަޑި ވަނީ އަވަސްކޮށްފައެވެ.