ޚަބަރު

ކުރެދޫ އެނިވަރސަރީ ކަޕް ފަށައިފި


ކުރެދޫ ރިސޯޓުގެ އެނިވަރސަރީ ފުޓުބޯޅަ ކަޕް ފަށައިފިއެވެ.

މި މުބާރަތަކީ ޅ.ކުރެދޫ ރިސޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތް ބާއްވަނީ ކައިރި އަަތޮޅުތަކުގެ ރަށްތަކާ ރިސޯޓުތަކުގެ ޓީމުތަކަށް ދައުވަތުދީ، ބައިވެރިކޮށްގެންނެވެ. އެހެންނަމަވެސް، ކޯވިޑް-19އަށް ފަހު މިއަހަރު މި މުބާރާތް ކުރިޔަށް ގެންދަނީ އެ ކުންފުނީގެ ރިސޯޓުތަކުގެ ތީމުތަކުގެ މެދުގައެވެ.

މިއަހަރުގެ އެނިވަރސަރީ ކަޕްގައި ބައިވެރިވަނީ އިންނަހުރާ އެފްސީ، ހުރަވަޅި އެފްސީ، އެފްސީ ކުރެދޫ އަދި ކުރެދޫ ޔުނައިޓެޑެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ އެފްސީ ކުރެދޫ އަދި އިންނަހުރާ އެފްސީއެވެ. މި މެޗް 4-0 ކާމިޔާބު ކުރީ އެފްސީ ކުރެދޫއެވެ. މި މުބާރާތް ކުރިޔަށްދަނީ ދުވާލަކު މެޗެއް ކުޅޭގޮތަކަށެވެ. މާދަމާގެ މެޗުގައި ވާދަކުރާނީ ކުރެދޫ ޔުނައިޓެޑް އަދި ހުރަވަޅި އެފްސީއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 10ގައެވެ.