ކުޅިވަރު

ޔުނައިޓެޑުގެ ކޯޗުކަމުން އޮލަ ގަނަ ސޯލްޝެއާ ވަކިކޮށްފި


މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން އޮލަ ގަނަ ސޯލްޝެއާ ވަކިކޮށްފިއެވެ. ކޯޗުކަމުން ޝޮލްޝެޔާ ވަކިކޮށްފައިމިވަނީ އެންމެ ފަހުން ލީގުގައި ވޮޓްފޯޑް އަތުން ޔުނައިޓެޑު ލަދުވެތި ނަތީޖާއަކުން ބަލިވުމުންނެވެ.

މެޗަށްފަހު އެ ކުލަބުން ވަނީ އިމަޖެންސީ ބޯޑު ބައްދަލުވުމެއް ބާއްވާފައެވެ. އަދި ސޯލްޝެއާ ވަކިކުރުމަށް ވަނީ ނިންމާފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މީގެކުރިން ޔުނައިޓެޑާއި، ލިވަޕޫލާއި ސިޓީ އަތުން ބަލިވި ދެ މެޗަށްފަހު ވެސް ބޯޑުން އޭނާ ވަކިކުރަން ޔުނައިޓެޑްގެ ކޯ އޯނަރު ޖޮއެލް ގްލޭޒާ ލަފާދިން ކަމަށްވެއެވެ. ނަމަވެސް އެފަހަރު މިކަމަށް ބޯޑު މެންބަރުންގެ ތައީދެއް ނުލިބުނެވެ.
ވަޓްފޯޑް އަތުން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާވެސް ވަނީ މަގާމުގައި ނުހުރެދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

ސޯލްޝެއާ ވަކިކުރުމާއެކު އައު ކޯޗެއް ހަމަޖައްސަންދެން މެންޗެސްޓަރ ޔުނައިޓެޑުގެ ކުރިޔަށްހުރި މެޗުތަކުގައި އެޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކްއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމުގެ މަގާމާއި ސޯލްޝެއާ ހަވާލުވީ 2018ގެ ޑިސެމްބަރު މަހުއެވެ. އެފަހަރު އޭނާ ހަވާލުވީ އެ ޓީމުގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އޭގެފަހުން މާރޗް 2019 ގައި އޭނާ ވަނީ ޔުނައިޓެޑާއެކު 3 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.