ވިޔަފާރި

ޓޫރިސްޓްސް ރެޕްރެޒެންޓޭޓިވް ކައުންޓަރު ކުއްޔަށް


އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް
ޓަރމިނަލް ސަރަޙައްދުގައި ހިމެނޭ ޓުއަރިސްޓްސް ރެޕްރެޒެންޓޭޓިވް ކައުންޓަރުތައް
ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޑެޓު - އެމް.އޭ.ސީ.އެލުން ކޮށްފައިވާ ޢިއުލާނެއްގައިވާ ގޮތުން ޓުއަރިސްޓް
ރެޕްރެޒެންޓޭޓިވް ކައުންޓަރުތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކުން
ކަަަައުންޓަރު ކުއްޔަށް ހިފަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ
ކަމަށާއި އެޕްލިކޭޝަން ފޯމްތައް ބަލައިގަންނާނީ 27 ޑިސެމްބަރ ވަނަ ދުވަހުން
ފެށިގެން 29 ޑިސެމްބަރ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.



އެޕްލިކޭޝަން ފޯމު ހުށަހެޅުމުން، ޓޫރިސްޓް
ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތައް ކުއްޔަށް ދޫކުރުމުގެ އެގްރީމެންޓްގެ
ޑްރާފްޓެއް އެފަރާތަކާއި ހަވާލުކުރެވޭނެ ކަމަށާއި ގުރުއަތުލުމުގެ މަރުޙަލާއަށް
ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު
ވަނަ ދުވަހު ކަމަށް އެމް.އޭ.ސީ.އެލުން ހާމަކުރެއެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް ދޭނެ ކައުންޓަރު ކަނޑައެޅުމަށް
ނަގާ ގުރުއަތުން ހޮވޭ ކައުންޓަރު އެފަރާތަކުން ގަބޫލުކުރަންވާނެ ކަމަށާއި ގުރުއަތުން
ހޮވޭ ކައުންޓަރު ގަބޫލުނުކުރާނަމަ އެފަރާތެއްގެ އެޕްލިކޭޝަން އެމް.އޭ.ސީ.އެލުން ބާޠިލުކުރާނެ
ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ޓުއަރިސްޓްސް ރެޕްރެޒެންޓޭޓިވް ކައުންޓަރުތަކުގެ ކުއްޔަކީ
މަހެއްގެ މައްޗަށް 467 ޑޮލަރެވެ.