ޚަބަރު

ޗައިނާގެ އާބާދީގެ %73 މީހުން ވެކްސިން ފުރިހަމަކޮށްފި


ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ ޗައިނާގެ %73 އިންސައްތަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފިއެވެ.

1.402 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ ޤައުމީ ޞިއްޙަތަބެހޭ ވުޒާރާއިން ބުނީ އެ ޤައުމުގައި ދިރިއުޅޭ 1.076 ބިލިޔަން މީހުންވަނީ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާކަމަށެވެ. އޭގެ އިތުރުން 65.73 މިލިޔަން މީހުންވަނީ ވެކްސިންގެ ބޫސްޓަރ ޑޯސް ފުރިހަމަކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފަށައިފައިވަނީ ޗައިނާގައެވެ. އެ ޤައުމުގައި ޖުމުލަ 98،500 މީހުންނަށް ބަލިޖެހި 4،600 މީހުންވަނީ މަރުވެފައެވެ.