ދީން

މުސްލިމުންގެ ތެރޭގައި މިހާރު ގިނައީ އަޖަމީން- އަޤްޞާގެ އިމާމް


ރަސޫލާގެ ޒަމާނުގައި އިސްލާމުންގެ ތެރޭގައި އެންމެ ގިނައީ އަރަބިންކަމަށާއި،
މިހާރު އެކަން ބަދަލުވެ އަރަބީންނަށްވުރެ އަޖަމީން އިސްލާމުންގެ ތެރޭގައި
ގިނަވެއްޖެކަމަށް މަސްޖިދުލް އަޤްޞާގެ
އިމާމް ފަޟީލަތުއްޝައިޚް ޢަލީ ޢުމަރު ޔައުޤޫބް ޢައްބާސް ވިދާޅުވެއްޖެއެވެ.



ރާއްޖެ ވަޑައިގެން މިރޭ މަޣްރިބް ނަމާދަށްފަހު މަސްޖިދުއްސުލްޠާނު މުޙައްމަދު
ތަކުރުފާނުލް އަޢުޒަމްގައި ދެއްވި ދަރުސެއްގައި ވާހަކަ ފުޅުދައްކަވަމުން އޭނާ
ވިދާޅުވީ، އަޖަމީންގެ ތެރޭގައި ހިމެނެނީ އިންޑިޔާ، ސްރީލަންކާ، ތުރުކީވިލާތް ފަދަ
ޤައުމުތައްކަމަށެވެ. އަދި މިހާރު މުސްލިމުންގެ ތެރޭގައި ނިސްބަތުން
ޢަރަބީންނަށްވުރެ އަޖަމީން ގިނަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީ ޢުމަރު ޔައުޤޫބް ޢައްބާސް  އިތުރަށް ވިދާޅުވީ އިސްލާމް ދީން ދެ ފިޔައެއްގޮތަށް މިހާރު
ބިނާވެފައިވާކަމަށާއި، އެއްފިޔައިގެ މީހުންނަށް އަނެއްފިޔައިގެ މީހުން ނުލާ މިހާރު
ނޫޅެވޭނެކަމަށެވެ.



ޢަލީ ޢުމަރު ޔަޢުޤޫބް ޢައްބާސް  ވިދާޅުވީ އަޅަމެން މުސްލިމުން ޙައްޖުކުރުމަށާއި، ޢުމުރާއަށް މައްކާއަށް
ދާފަދައިން، އިސްލާމުންގެ ދެވަނަ ޙަރަމް ކަމަށްވާ ފަލަސްޠީނުގައި ހުންނަ މަސްޖިދުލް
އަޤްޞާއަށްވެސް ޒިޔާރަތްކުރަން ޖެހޭނަކަމަށެވެ.