ކުޅިވަރު

އުއްމީދު ކުރިވަރަށްވުރެވެސް ރަނގަޅަށް ކުޅުނު – ލަންކާ ކޯޗު


ސާފް ސުޒުކީކަޕްގެ ފުރަތަމަ މެޗުގައި މިއަދު ނޭޕާލް އަތުން މޮޅުވީ އޭނާ އުއްމީދުކުރިވަރަށްވުރެވެސް ރަނގަޅަށް ކުޅެގެންކަމަށް ކޯޗު ސަމްޕަތު ޕެރޭރާ ބުނެފިއެވެ. އެކެއް ސުމަކުން ނޭޕާލް އަތުން މޮޅުވި މެޗަށްފަހު އޭނާ ބުނީ ކުޅުންތެރިން ސަތޭކަ ޕަސަންޓް ދިންކަމަށާއި، ނުވަދިހަ މިނިޓް އޭނާ އުއްމީދުކުރިވަރަށްވުރެވެސް ރަނގަޅަށް ކުޅުންތެރިން މަސައްކަތްކުރިކަމަށެވެ. " ކުޅުންތެރިން ސަތޭކަ ޕަސަންޓް ދިން. އަހަރެން އުއްމީދުކުރިވަރަށްވުރެވެސް ރަނގަޅަށް ނުވަދިހަ މިނިޓް ކުޅެ ހިތްވަރުކުރި. ތިން ޓީމް ގްރޫޕްގައި އޮތުމަކީ ނަސީބެއް. ބޭނުންވަނީ ގްރޫޕްގެ އެއްވަނަ ހޯދަން. މިހާރު މިބަލަނީ އިންޑިޔާ ނޭޕާލް މެޗު ވާގޮތަކަށް. " މެޗަށްފަހު ލަންކާ ކޯޗު ބުންޏެވެ.ނޭޕާލް ކޯޗު ޕެޓްރިކް ޖޯސަމް ބުނީ ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުންކަމަށާއި، ކުޅުންތެރިން މަސައްކަތްކުރިކަމަށެވެ. އަދި މިބައްޔާއެކު ސެމީގެ ފުރުޞަތު ހަނިވެއްޖެކަމަށެވެ." މިއަދު ދިމާވި މައްސަލައަކީ ފައިނަލް ޕާސް. ރަނގަޅަށް ކުޅެ ފުރުޞަތު ތަނަވަސްކުރިން މަސައްކަތްކުރި. ކުޅެން މަސައްކަތްކުރި. ގޯލް ޖަހަން މަސައްކަތްކުރި.ނަމަވެސް އެކަން މިއަދު ކާމިޔާބުނުވީ. ސްރީލަންކާއަށް މަރުހަބާކިޔަން. މިއީ ފުޓްބޯޅަ. އެކި ދުވަހު ދިމާވާނީ އެކިގޮތް. " ނޭޕާލް ކޯޗު ބުންޏެވެ.މެޗު ސްރީލަންކާ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު ރިފްނާސް ކާމިޔާބުކޮށްދިން ގޯލުންނެވެ.