ވިޔަފާރި

އެމްއައިބީގެ ހިދުމަތްތަކަށް ޚާއްސަ އޮންލައިން ޕޯޓަލެއް


އެމްއައިބީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީން ވިދާޅުވީ މި ޕްލެޓް ފޯމާއިއެކު އެމްއައިބީއަށް ފޯމު ހުށަހަޅަން މިހާރު އެ ބޭންކަށް ދާކަށް ނުޖެހޭނެކަމަށެވެ. އަދި ކޮންމެ ރަށެއްގައި ހުރި ނަމަވެސް ފަސޭހަކާމާއިއެކު ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން mib.mv/applynow މި ޕޯޓަލް މެދުވެރިކޮށް އެމްއައިބީއަށް އުޖާލާ ދިރިއުޅުން ފޯމު، މައުލޫމާތު އަޕްޑޭޑް ކުރާ ފޯމު، ވިސާކާޑު ފޯމު، އިންޓަނެޓް ބޭންކިން ފޯމު، އުޖާލާ ކޯޓޭޝަން ހުށަހެޅުން ފަދަ ހިދުމަތްތަށް ލިބޭނެއެވެ.

މި ޕޯޓަލްއަށް ފޯމު ހުށަހަޅުމަށް، ޕޯޓަލްއަށް ވަނުމަށްފަހު އެކައުންޓް ނަންބަރު އަދި އައިޑީކާޑު ނަންބަރު ހިއްސާކުރަންޖެހެއެވެ. އަދި ފޯނަށް ނުވަތަ އީމެއިލްއަށް ލިބޭ އޯޓީޕީ ޖަހައިގެން، ބޭނުން ވާ ބްރާންޗެއް އަދި ހޯދަން ބޭނުންވާ ހިދުމަތެއް ހިޔާރުކުރުމަށްފަހު، ފޯމު އަޕްލޯޑު ކުރުމުން، ފޯމު ލެވުނުކަން ޔަގީން ކޮށްދޭ ރިފަރެންސް ނަންބަރަކާއިއެކު އެސްއެމްއެސް އަދި އީމެއިލްއެއް ލިބޭނެ ކަމަށް އެމްއައިބީން ހާމަކުރެއެވެ.

އަދި އެލިބޭ ރިފަރެންސް ނަންބަރު ބޭނުން ކޮށްގެން ފޯރމާއިބޭހޭ އެންމެ ފަހުގެ މައުލޫމާތު ބަލާލެވޭނެއެވެ. އަދި ފޯމު ޕްރޮސެސްވާ ވަރަކުން އެސްއެމްއެސް އަދި އީމެއިލުންވެސް އަޕްޑޭޓް ލިބެމުން ދާނެކަމަށްވެސް އެމްއައިބީން ހާމަކުރެއެވެ.

އެމްއައިބީގެ އެންމެ މަގްބޫލް ޕޮރްޑަކްޓް ކަމަށްވާ އުޖާލާ ދިރިއުޅުން ފައިނޭންސިން ސްކީމްއަށް އެޕްލައިކުރުމަށް މި ޕޯޓަލްގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އަދި ރަށުގައި ހުރެ އެންމެ ކައިރި ބްރާންޗަކަށް މި ޕޯޓަލްއިން ފޯމު ހުށަހެޅުމަށްފަހު ފޯމު ޕްރޮސެސް ވެ އެޕޮއިންޓްމަންޓް ލިބުމުން ސޮއި ކޮށްލަން ދެވޭނެ މަގު މިވަނީ ފަހިވެފައެވެ. އަދި ކޯޓޭޝަން ހުށަހެޅުންވެސް މި ޕޯޓަލް މެދުވެރިކޮށް ފަހިވެގެން ދިއުމުން މިއީ ބިޒީ ދިރިއުޅުމެއްގައި އުޅެމުން އުޖާލާ ދިރިއުޅުމުން މުދާ ނަގަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އެމްއައިބީން ދެކެއެވެ.