ވިޔަފާރި

އެމްޓީސީސީން "ކަށަވަރު ޕްރޮމޯ" ފަށައިފި


އެމްޓީސީސީން "ކަށަވަރު ޕްރޮމޯ" ފަށައިފިއެވެ.

ކަށަވަރު ޕްރޮމޯއަކީ ކޮންމެ އަހަރެއްގެ ފަހުކޮޅު އެމްޓީސީސީ ކަށަވަރު ޝޯވ ރޫމުން ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ. މިއަހަރު ކަށަވަރު ޕްރޮމޯ މި ބާއްވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. އެގޮތުން މިދިޔަ އަހަރު މާލެ ސަރަހައްދު ފުރަ ބަންދުކުރުމާއި ގުޅިގެން އެއަހަރު މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ ކުރިއަށްދާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި، ގުރުއަތުން ހޮވޭ ފަރާތަކަށް 89000 ރުފިޔާގެ އަގުހުރި ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި މާލޭ ބަނދަރު މަތީގައި އަޅާފައިވާ އޮޑިފަހަރުތަކަށާއި، ކ. ތިލަފުށި، ކ. ގުޅި ސްލިޕްވޭ، ކ. ހިންމަފުށި އަދި ދިއްފުށީގެ ބޯޓް ޔާރޑް އަދި ޑޮކް ޔާރޑް ތަކަށް ޒިޔާރަތް ކުރުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެެއެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

އެމްޓީސީސީން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅު ފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރިއަށްގެންދެއެވެ.