ވިޔަފާރި

ތަކާފުލް ވިންޑޯގެ ގޯލްޑް އެވޯޑް އަޔާދީ ތަކާފުލްއިން ހާސިލުކޮށްފި


އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 'ތަކާފުލް ވިންޑޯ އޮފް ދަ ޔިޔަރ' ކެޓަގަރީން ގޯލްޑް އެވޯޑު 4 ވަނަ ފަހަރަށް ހާސިލުކޮށްފިއެވެ.

މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދައިރާއިން ދެވޭ ޝަރަފުވެރި އެވޯޑެކެވެ. މިމަހުގެ 10 ވަނަ ދުވަހު އެވޯޑް ބާއްވާފައިވަނީ އިފްސާގެ 6 ވަނަ އެވޯޑު ހަފްލާއެވެ. މި ހަފްލާގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ގިނަ އެވޯޑުތަކެއް ވަނީ ދީފައެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމްކުރާ އިފްސާ އެވޯޑް ހަފުލާއަކީ ދެކުނު އޭޝީއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތް ދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އެވޯޑުތަކެއް ވަނީ އުފުލާފައެވެ. އެގޮތުން 2017 ވަނަ އަހަރު ހައްޖު އަދި އުމްރާ ތަކާފުލްއަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަރ" އާއި ހިދުމަތުގެ އަގުވަޒަންކޮށް އެއަހަރު ލިބިފައިވާ ސިލްވަރ އެވޯޑު ހާސިލުކޮށްފައިވެއެވެ. މީގެ އިތުރަށް 2018، 2019، އަދި 2020 ވަނަ އަހަރުވެސް ތަކާފުލް ވިންޑޯ ނުވަަތަ ޔުނިޓް އޮފް ދަ އިޔަރއިން ގޯލްޑް އެވޯޑް އަޔާދީ ތަކާފުލް އިން ވަނީ ހާސިލުކޮށްފައެވެ.

އެލައިޑުގެ އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެން ވަނީ ޝަރީޢާ ހުއްދަކުރާ މުޢާމަލާތެއްކަމުގައިވާ "ވަކާލާ"ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ކޮންޓްރިބިއުޓަރުން ތަކާފުލް ޕޮލިސީގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެފައިސާގެ ތެރެއިން ވަކީލުގެ ގޮތުގައި ނަގާ ފީ އުނިކުރުމަށްފަހު، ބާކީ ހުންނަ ޢަދަދު ކޮންޓްރިބިއުޓަރުންނަށް ޚާއްސަ ފަންޑެއްގައި މެނޭޖުކޮށްދިނުމަށް އެއްބަސްވެގެންނެވެ.