ޚަބަރު

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ


މައްޗަންގޮޅީ އާފަލުގެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މައްޗަންގޮޅީ ފަޅުގެއެއްގެ ތެެރެއިން ކުނިވަސް ދުވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މިއަދު 15:42 ހާއިރު ފުލުހުން ގޮސް ބެލިއިރު މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

މަރުވެފައިވާ މީހަކީ މުހައްމަދު މުޖްތަބާ ނަމަކަށް ކިޔާ މީހެއް ކަމަށާއި މިމީހާގެ ޚަބަރެއް އާއިލާއަށް ނުވާތާ 4 ވަރަކަށް ދުވަސް ވެފައިވާ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ ޚަބަރެއް ނުވެގެން އޭނާގެ ރައްޓެއްސަކު އެގެއަށް ދިއުމުން ކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.

މިމީހާގެ ހަށިގަނޑު ފެނުނީ ތިންބުރީގެ މިއިމާރާތުގެ ފުރަތަމަ ފަންގިފިލާއިންނެވެ. ހަށިގަނޑު ފެނުނުއިރުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ހަށިގަނޑު އެގެއިން ނެރެފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމާއެކުއެވެ