ޚަބަރު

ފިނޭންސްގެ މުވައްޒަފުން ސިވިލް ސަރވިސްއިން ބޭރެއް ނުވާނެ


ފިނޭންސް މިނިސްޓްރީން ވަކިކުރި މުވައްޒަފުނަކީ ސިވިލް ސަރވިސްއިން ބޭރުވާނެ މުވައްޒަފުންނެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެކްސްޕޯ މޯލްޑިވްސް 2015 ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުވައްޒަފުންގެ ހުނަރު ދެނެގަނެ މުވައްޒަފުންނަށް ދޭންޖެހޭ ވަޒީފާ ކަނޑައަޅާނީ ސަރުކާރުން ކަމަށާ އެކަން ކުރާނީ މުވައްޒަފުން ނޫންކަމަށެވެ. ފިނޭންސުން ވަކިކުރި މުވައްޒަފުންނަކީ ސަރުކާރުން އެބޭފުޅުންގެ އަގު ވަޒަންކުރައްވާ ބޭފުޅުންކަމަށާއި، އެއްވެސް ބޭފުޅަކު ވަޒީފާ ހޯއްދެވުމަށް މުޒާހަރާކުރައްވަން ޖެހިވަޑައިނުގަންނަވާކަމަށާއި އެބޭފުޅުން ތިއްބަވާނީ ސަރުކަރުގެ ވަޒީފާ ތަކުގައިކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ފިނޭންސުން ވަކިކުރި މުވައްޒަފުންނާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސް ވިދާޅުވީ އެފަރާތްތަކަށް އެފަރާތްތަކުގެ ހުނަރާ ތައުލީމީ ފެންވަރަށް ބައްލަވާ އެބޭފުޅުންނަށް ވަޒީފާތައް ހަމަޖެހެންދެން ވަޒީފާއަށް ނުކުމެވަޑައިގަތުމަށް ރައީސް އެދިވަޑައިގެންނަވާކަމަށެވެ. މަސައްކަތައް ނުނިކުމެ ހަޅުތާލުކުރާކަމަށްވާނަމަ އެފަދަ މުވައްޒަފުންގެ މުސާރައިންވެސް ކެނޑޭނެކަމަށް ރައީސް ވިދާޅުވިއެވެ.