ކުޅިވަރު

ބެލަރޫސްއާ ވާދަކޮށް ވޭލްސް މެޗު ކާމިޔާބުކޮށްފި


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އީ ގައި ވޭލްސް އާއި ބެލަރޫސް ބައްދަލުކުރިމެޗް ވޭލްސް ކާމިޔާބު ކޮށްފިއެވެ. ވޭލްސްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސް ލަނޑު އެއްލަނޑުންނެވެ.

ވޭލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ ދެވަނަ މިނެޓްގައި ޖަހައިދިނީ އާރޮން ރަމްސީއެވެ. އަދި މެޗްގެ 20 ވަނަ މިނެޓްގައި ވޭލްސްގެ ދެވަނަ ލަނޑު މިމެޗްގައި ސަތޭކަ ވަނަ މެޗް ކުޅެމުންދިޔަ ކެޕްޓަން ގެރެތު ބޭލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ނީކޯ ވިލިއަމްސްއެވެ. ދެމަސް ދުވަހު އަނިޔާގައި ހުރެފައި މިމެޗްގައި ކުޅެން ނިކުން ބޭލް ވަނީ ފުރަތަމަ ހާފަށް ބާލާފައެވެ. ވޭލްސްގެ ތިންވަނަ ލަނޑަކީ މެޗްގެ 50 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ރަންސީ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ހަތަރު ވަނަ ލަނޑު ވޭލްސް އަށް ކާމިޔާބުކޮށްދިނީ ބެން ޑޭވިސްއެވެ. މިމެޗްގައި ބެލަރޫސް އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ އާރޓެމް ކޮންޓްސެވޯއިއެވެ. އަދި ވޭލްސްގެ ފަހު ލަނޑު މެޗްގެ 89 ވަނަ މިނެޓްގައި ޖަހައިދިނީ ކޯނަރ ރޮބަރޓްސްއެވެ.

މިކާމިޔާބީއާއެކު ވޭލްސް މިހާރުވަނީ ގްރޫޕް އީ ގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު ހަތް މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކުގައެވެ. މިގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބެލްޖިއަމް މިހާރުވަނީ ވާރލްޑް ކަޕަށް ކޮލިފައިވެފައެވެ.