ވިޔަފާރި

ރަންދިހަ ފަހެއް ނޫޓް ސީރީސް ނެރުން އަންނަ އަހަރަށް ފަސްކޮށްފި


ރަން ދިހަފަހެއް ނޫޓް ސީރީޒް އާންމުކޮށް ބޭނުންކުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ފަސްކުރައްވައިފިއެވެ.އެމްއެމްއޭއިން ވިދާޅުވެފައިވަނީ އާ ނޫޓް ސީރީސް ބޭނުންކުރަން ފެށުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގައި ކަމަށެވެ.އެމްއެމްއޭއިން ރަން ދިހަފަހެއް ނޫޓު ސީރީޒް ބޭނުން ކުރުން ފަސްކުރެއްވީ ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށް ބޭނުންކުރާ އޭޓީއެމާއި، ބޭންކުތަކުން ބޭނުންކުރާ ކޭޝް ހޭންޑްލިންގ މެޝިންތަކުން ރަންދިހަފަހެއް ނޫޓު ސީރީޒް ބޭނުންކުރުމަށްޓަކައި، އެ މެޝިންތަކުގެ ސޮފްޓުވެއަރއަށް ބަދަލުތަކެއް ގެންނަން ޖެހޭތީކަމަށް އެއޮތޯރިޓީން ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ވަގުތު ބޭނުންވަނީ މިއީ ރާއްޖެއިން ބޭރުން ކުރަންޖެހޭ މަސައްކަތަކަށް ވާތީކަމަަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.މިގޮތަށް މެޝިންތަކަށް ބަދަލު ނުގެނެސް ރަން ދިހަފަހެއް ނޫޓު ސީރީސް ބޭނުންކުރަން ފަށައިފިނަމަ، ރައްޔިތުންނަށާއި، ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިދާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ. މި ނޫޓު ސީރީޒް އާންމުކުރުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް، ބޭންކުތަކާއި ގުޅިގެން ކުރައްވަމުންދާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.