ވިޔަފާރި

ގދ.ފިޔޯރީގައި ސިޓީ ހޮޓަލެއް އަޅަނީ


ގދ.ފިޔޯރީގައި ސިޓީ ހޮޓަލެއް އެޅުމަށް ޓުއަރިޒަމް މިނިސްޓްރީއާއި ފިޔޯރީ ކައުންސިލްއާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.ފިޔޯރީގައި ސިޓީ ހޮޓަލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް ނިއުސްފިޔޯރީގައި ސިޓީ ހޮޓަލެއް އެޅުމަށް މިއަދު ސޮއިކުރެވުނީ ފަންސާސް ހާސް އަކަފޫޓުގެ ބިމެއްގައެވެ. ފިޔޯރީގައި ތަރައްގީކުރާ ސިޓީ ހޮޓަލަކީ 100 އެނދުގެ ހޮޓަލެއްކަމަށް ފިޔޯރީ ކައުންސިލްއިން މައުލޫމާތު ދެއްވައެވެ. މި އެއްބަސްވުމުގައި މިއަދު ސޮއިކުރެވުމާއެކު ފިޔޯރީގައި ސިޓީ ހޮޓަލެއް އެޅުމަށް އިންވެސްޓަރުންނާއެކު ވާހަކަ ދެކެވެމުންދާކަމަށް އެރަށު ކައުންސިލްއިން މައުލޫމާތުދެއެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ ކުންފުނިތަކަކުން މިކަމަށް ޝައުގެވެރިވާކަން ފާޅުކޮށްފައިވާކަމަށް ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވިއެވެ. ފިޔޯރީގައި ސިޓީ ހޮޓާ އަޅަން ކަނޑައަޅާފައިވާ ސަރަހައްދު - ފޮޓޯ: ޕީއެސްއެމް ނިއުސްފިޔޯރީގައި ސިޓީ ހޮޓަލެއް އެޅުމުގެ މަގުފަހިވެގެން މިދިޔައީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށް ފިޔޯރީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ފިޔޯރީގައި އަޅާ ސިޓީ ހޮޓާ އިންވެސްޓަރަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރަށެވެ.