ޚަބަރު

ހުޅުމާލޭ ރޯހައުސްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި


ހުޅުމާލޭގައި ހުންނަ ރޯ ހައުސްއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރޓީމުން ކޮންޓްރޯލް ކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހުޅުމާލޭ ހިތިގަސް މަގުގެ 6ވަނަ ގޯޅީގެ ރޯ ހައުސްއެއްގައި ރޯވެގެން ފަޔާ ޓީމުން ހަރަކާތްތެރި ވަމުންދާކަމަށެވެ. އަލިފާން ރޯވީ އެގެސްޓް ހައުސްގެ ތިން ވަނަ ފްލޯގައިކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވަނީ ފަޔާ ޓީމުންވަނީ އަލިފާން ކޮންޓްރޯކޮށްފައެވެ. ނަމަވެސް މިހާދިސާގައި އެފްލޯއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.