ކުޅިވަރު

އަވަސްގެ ސާފް ސުޒުކީކަޕް ލޯންޗްކޮށްފި.


އަވަސް ނޫހުގެ ސާފް ސުޒްކީ ކަޕްގެ ހާއްސަ ކަވަރޭޖް ރޭ ލޯންޗްކޮށްފިއެވެ.

ސާފް
ސުޒުކީ ކަޕްގެ އަވަސްގެ ކަވަރޭޖް ލޯޗް ކުރުމަށްޓަކައި ބުލޫބޭ ކެެފޭގައި
ބޭއްވި ރަސްމިއްޔާތުގައި އަވަސްގެ ކަވަރޭޖް ލޯޗްކޮށްދެއްވާފައިވަނީ ގައުމީ ޓީމްގެ
ތިން ކުޅުންތެރިންނެވެ. އެއީ އައްސަދުއަލީއާ އަލީ ފާސިރުގެ އިތުރުން ރާއްޖޭގެ
އެއްނަންބަރު ކީޕަރު އިމްރާން މުހައްމަދުއެވެ. އަވަސް ކަވަރޭޖް ލޯޗް ކުރުމުގެ
އިިތުރުން މިކުޅުންތެރިންވަނީ އަވަސްއިން ސާފް ސުޒުކީކަޕަށް ތައްޔާރުކޮށްފައިވާ
ހާއްސަ ބުކްލެޓެއްވެސް ތައާރަފްކޮށްފައެވެ.

އަވަސް ކަވަރޭޖްގެ މެއިން ސްޕޮންސަރަކީ
އެމްޓީސީސީ އަދި ކޯ ސްޕޮންސަރުންނަކީ ގޯލްޑަން ލޭންޑް، ގައުމީ އެއާރލައިން
މޯލްޑިވިއަންގެ އިތުރުން ޓެލެކޮމް ޕާޓްނާ ގޮތުން އުރީދޫ މޯލްޑިވްސްއެވެ. އަވަސްގެ ސާފް
ސުޒުކީކަޕްގެ ހާއްސަ ކަވަރޭގްއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އަވަސްގެ ޗީފް
އެޑިޓަރު އާދަމް ހަލީމް ވިދާޅުވީ އަވަސްއަަކީ އަދި ވަރަށް ޅަފަތުގައި އޮތް
ނޫހެއްކަމަށާ މިފަދަ ބޮޑު މުބާރާތެއްގެ ކަވަރޭޖް ހެދުމަކީވެސް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. ކިތަންމެ މުއައްޒަފުން މަދުނަމަވެސް އަވަސްއިން،
މިމުބާރާތަކީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވީހާވެސް އަވަހަކަށް މުބާރާތުގެ
މަޢުލުމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރާނެކަމަށް 
އާދަމް ހަލީމް ވިދާޅުވިއެވެ.



"މިފަދަ ބޮޑު މުބާރާތެއް، މިފަދަ ބިޑު މުބާރާތެއް، ގައުމްތަށް ވާދަކުރާ މުބާރާތެއްގަ، ދިވެހިރާއްޖެ ވާދަކުރާއިރުގަ، އަޅުގަނޑުމެން ކަހަލަ ނޫހުގެ މަސައްކަތް ކުރާ ބަޔަކު މިފަދަ ކަވަރޭޖެއްގެ ތެރެއަށް ނުވަދެ ތިބުމަކީވެސް އަޅުގަނޑުމެންނަށް ދޫކޮށްލެވޭ ވަރުގެ ކަމަކަށްނުވި." އާދަމް ހަލީމް ވިދާޅުވިއެވެ.

އަވަސްގެ ސީއީއޯ، އިބްރާހިމް އުމަރު މަނިކު ވިދާާޅުވީ ފުޓްބޯޅައަކީ ރާއްޖޭގެ
ހުރިހާ ރައްޔިތުންގެ ލެެއާ ގުޅިފަައިވާ ކުޅިވަރެއްކަމަށާއި، ހާއްސަކޮށް ގައުމީ ޓީމްގެ
މެޗަތަށް ފާހަގަކޮށްލެވޭކަމަށް. އަދި އަވަސްއިން ސާފް ސުޒުކީކަޕްގެ ކަވަރޭޖް
އެންމެ ފުރިހަމަކޮށް ގެނެސްދިނުމަށް ކުރަމުންގެންދާ މަސައްކަތަށް އަވަސްގެ
މުއައްޒަފުނަށް ޝުކުރުއަދާކުރެއްވިއެވެ.



"އަޅުގަނޑާ އަޅުގަނޑުގެ ޓީމް ހާއްސަކޮށް އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހުރި އެހެންވެސް ވަސީލަތްތަށް މެދުވެރިކޮށް، މެޗްތަކުގެ ވީޑިއޯ، އޯޑިއޯ އަދި ފޮޓޯގެ ހަބަރުތަށް ވީއެންމެ އަވަހަކަށް ދިވެހި ރައްޔަތުންނަށް ގެނެސްދެވޭނެ ވާހަކަދަންނަވަން. އަޅުގަނޑު އުއްމީދަކީ މާތްﷲ އަޅުގަނޑުމެންނަށް މިފަހަރުވެސް މިތަށި ދިވެހި ރައްޔިތުން އުއްމީދުކުރާ ގޮތަށް ޔަގީންކަމާއެކު ގެނެސްދިނުން." އުމަރު މަނިކު ވިދާޅުވިއެވެ.



ސާފް ސުޒުކީކަޕްގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް ބީގައެވެ. މިގްރޫޕްގައި
ރާއްޖޭގެ އިތުރުން ހިމެނެނީ ބޫޓާން، ބަންގްލަދޭޝް އަދި އެންމެ ފަހުގެ ޗެންޕިއަން
އަފްގާނިސްތާންއެވެ.