ވިޔަފާރި

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫ ސުޕަނެޓު ރައުޓަރ ހިލޭ


ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ސުޕަނެޓު ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.

މިޕްރޮމޯޝަންގެ ދަށުން ރައުޓަރާއެކު ކަނެކްޝަން ހިލޭ ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ލޭންޑް ލައިން ފޯނެއް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މިއާއެކު ކަސްޓަމަރުންނަށް ފުރިހަމަ ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސުޕަނެޓު ޚިދުމަތާއެކު އިންޓަނެޓުގެ ފުރިހަމަ ފައިދާ ލިބިގަތުމަށް މަގުފަހިކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މުޖްތަމަޢު ގުޅުވާލުމަކީ އެކުންފުނިން އަބަދުވެސް އިސްކަން ދޭ ކަމެއް ކަމަށާއި، ޑޖިޓަލް ޚިދުމަތުގެ މުހިންމުކަށް އިތުރުވެފައިވާ މިދަނޑިވަޅުގައި ފެންވަރު ރަނގަޅު އިންޓަނެޓު ޚިދުމަތެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އުރީދޫން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚިދުމަތް ދޭން ފަށާފައިވަނީ އެޗްޑީސީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށެވެ. މިދިޔަ ބުރާސްފަތި ދުވަހު މިކަމަށްޓަކައި ބޭއްވި ހަފްލާއެއްގައި މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒްއެވެ.

އުރީދޫގެ ޚިދުމަތްތައް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ފުޅާކޮށްފައިވާއިރު، މިހާރު އެކުންފުނީގެ ސުޕަރނެޓު ޚިދުމަތުގެ ޑޭޓާ އެލަވެންސްތައް ވެސް 100 އިންސައްތައާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިޕެކޭޖްތަކުގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭ ގޮތަށް އެކުންފުނިން ވަނީ ބަދަލު ގެނެސްފައެވެ.