ޚަބަރު

ކޯވިޑްގައި އިތުރު މަރެއް، މަރުވި މީހުންގެ އަދަދު 244އަށް


ހުޅުމާލޭ ކޯވިޑް ފެސިލީޓިގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފައިވަނީ ނިޔަވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:19ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މިމަރާއެކު މިހާތަނަށް ރާއްޖެއިން 244 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19ގައި މިދިޔަމަހު 12 މީހަކު ވަނީ ނިޔާވެފައެވެ. ކޯވިޑްގެ ހާލަތު ގޯސްވެގެން މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވަނީ މެއި މަހުގައެވެ. މެއި މަހުގައި 88 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.