ވިޔަފާރި

އެއަރ ފްރާންސްއިން ރާއްޖެއަށް ދަތުރުތަށް ފަށައިިފި


ފިނި މޫސުމާ ދިމާކޮށް އެއަރ ފްރާންސްއިން ރާއްޖެއަށް ދަތުރުތަށް ފަށައިިފިއެވެ.

މިދަތުރުތަށް ކުރިއަށްދާނީ އަންނަ އަހަރުގެ މާރިޗުމަހުގެ ނިޔަލަށެވެ. އެއަރ ފްރާންސްއިން ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ދަތުރުތަށް ބާއްވާތާ މިހާރު 4 އަހަރުވެއްޖެއެވެ.

އެއަރ ފްރާންސްގެ ދަތުރުތަށް ރާއްޖެއަށް ބާއްވަނީ އެޤައުމުގެ ޕެރިސް ޗާލްސް ދުގުލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި ސްރީލަންކާގެ ކޮލޮމްބޯގައި ޓްރާންސިޓް ކުރާނެއެވެ.

ހަފްތާއަކު 3 ދަތުރު އެއަރ ފްރާންސްއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިންގ 9-787 މަރުކައިގެ ބޯޓެކެވެ.

ފްރާންސްއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމެކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުުރުވެރިން އައި 10 ޤައުމުގެތެރޭގައި ފްރާންސް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް ރާއްޖެއަށް ފަތުރުވެރިވެރިންގެ 2 އިންސައްތަ ހިއްސާ ކުރަނީ ފްރާންސްގެ ފަތުރުވެރިންނެވެ. މިއާ އެކު އެޤައުމަކީ ރާއްޖެއަށް 9ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.