ކުޅިވަރު

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކޮށްފި


މިހާރު ކުރިއަށްދާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ފައިނަލް ޓީމްތައް ޖާގެ ހޯދައިފިއެވެ. ފުރަތަމަ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ފިރިހެން ބައިގެ ފައިނަލުން އަޝްފާގު އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ޕެއާ އިން ފުރުސަތު ހޯދިއިރު، މިޕެއަރ އާއި ވާދަކުރަން ސެމީ ފައިނަލްގެ ތިންވަނަ މެޗުން މޮޅުވެ، އަހުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ވަނީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ.

ހުޅުމާލެ ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގަ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ ބައްދަލުކުރީ އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް ޢަބްދުލްވާހިދު (މަންކޭ)ގެ ޕެއާއާއެވެ. އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ ދެ ސެޓު ވެސް 21-19 އިން ގެންގޮސްގެންނެވެ. ތިން ސެމީ ކުޅޭ މިމުބާރާތުގެ ފުރަތަމަ ސެމީއިން ބަލިވުމާއި ގުޅިގެން އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް ޢަބްދުލްވާހިދުގެ ޕެއަރ ތިންވަނަ ސެމީ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ދެވަނަ ސެމީ ފައިނަލް މެޗުން މޮޅުވި އަހުމަދު މުޙައްމަދާއި މުޙައްމަދު ޢަލީ ޕެއަރއާއިއެވެ.

ދެވަނަ ސެމީ ފައިނަލް މެޗުން އަޙުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ) ކުރި ހޯދީ އަދްނާން ޢަބްދުލްޙަމީދާއި ޢަލީ ޝިމާލްގެ ޕެއަރއާއި ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗުން ކޯކޭ އާއި ޑެންޒޯގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ 21-14 އާއި 21-15 އިންނެވެ. ކޯކޭ އާއި ޓެންޒޯގެ ޕެއަރއިން ތިންވަނަ ސެމީ ފައިނަލް މެޗްގައި ވާދަކުރީ ފުރަތަމަ ސެމީން ބަލިވި އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް އަބްދުލްވާޙިދު (މަންކޭ)ގެ ޕެއަރއެވެ. މިމެޗް ކޯކޭ އާއި ޑެންޒޯގެ ޕެއާ އިން ސީދާ ދެ ސެޓުން ކާމިޔާބުކުރީ 21-15، 21-17 އިންނެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްފެ ފުރުސަތު ހޯދާފައިވަނީ އާމިނަތު އަރީޝާ (އަރީ) އާއި އައިޝަތު އިމްތިނާން އަދި ފާތިމަތު ޖޫޒާން ޒަރީރާއި އާޝަތު މާޖިދާގެ ޕެއަރއެވެ. ފުރަތަމަ ސެމީ ފައިނަލް މެޗް ކާމިޔާބުކޮށް އާމިނަތު އަރީޝާ (އަރީ) އާއި އާއިޝަތު އިމްތިނާން ފައިނަލުން ޖާގަ ހޯދީ ފާތިމަތު ޖޫޒާން ޒަރީރާއި އާއިޝަތު މާޖިދާގެ ޕެއަރ ސީދާ ސެ ސެޓުން ބަލިކޮށްގެންނެވެ. އެއީ 21-9 އަދި 21-11އިންނެވެ.

ޝަހާ އާއި މަރިޔަމްގެ ޕެއާ ތިން ވަނަ ސެމީ އަށް ދަތުރުކުރީ ދެ ވަނަ ސެމީގައި އާއިޝަތު ޝާލިނީ އާއި ފާތިމަތު ސަމްހާގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ގެންދިޔައީ 21-11 އާއި 21-19 އިންނެވެ. އަދި ފާތިމަތު ޖޫޒާން ޒަރީރާއި އާއިޝަތު މާޖިދާގެ ތިން ވަނަ ސެމީ ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ އާމިނަތު ޝަހާ ޝާމިން އާއި މަރިޔަމް ހަލީމްގެ ޕެއާ ބަލިކޮށްގެންނެވެ. މާޖިދާ އާއި ޖޫޒާންގެ ޕެއާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. އެއީ 23-21، 21-18 އަދި 15-08 އިންނެވެ.

ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރާއި މިރޭއެވެ.