ކުޅިވަރު

ޗެންޕިއަން ބީއެމްއެލް ވަރުގަދަ ގުރޫޕަކަށް


ކުލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެންޕިއަން ޔުނައިޓެޑް ބީއެމްއެލް ވަރުގަދަ ގުރޫޕެއްގައި ލައްވާލައިފިއެވެ. ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތުގެ ގުރުއަތުލުން ރޭގައި ބާއްވާފައިވާއިރު، އެންމެ ފަހުގެ ޗެންޕިއަން ޔުނައިޓެޑް ބީއެމްއެލް ހިމެނެނީ ފެން ކްލަބް، އާރްޑީސީގެ އިތުރުން އެޗްޑީސީ އާއިއެކު ގުރޫޕް ޑީގައެވެ. ކުލަބް މޯލްޑިވްސް ކަޕްގައި 32 ޓީމެވެ. މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ކުލަބް ވެމްކޯވެސް ލައްވާލާފައިވަނީ ވަރުގަދަ ގުރޫޕެއްގައެވެ. އެއީ ސްޓެލްކޯ، ޔޫތު މިނިސްޓްރީ އަދި ސިޓީ ކައުންސިލާއެކު ގުރޫޕް ސީގައެވެ.

މިއަހަރުގެ ކުލަބް މޯލްޑިވްސް ކަޕް އަދި ވިމެންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރަނީ 8 ޓީމެވެ. މިފަހަރުގެ މުބާރާތަށް މިހާރުވެސް ޓީމުތަކުން ފަރިތަކުރުންތައް ފަށާފައިވާއިރު، ގިނަ ޓީމުތަކުން ދަނީ ޓީމުތައް ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންނެވެ. ކޯވިޑް-19ގެ ސަބަބުން އެއް އަހަރުގެ މެދު ކެޑުމަކަށްފަހު މުބާރާތް ބާއްވާއިރު ކުލަބް މޯލްޑިވްސްއިން ބުނަނީ އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތްވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާނެކަމަށް އުއްމީދު ކުރާކަމަށެވެ. ބައެއް ޓީމްތަކުން ވަރަށް ދުރާލައި ފަރިތަކުރުންތަށް ފަށާފައިވާއިރު، ބައެއް ޓީމުތަކުންވަނީ އަތޮޅު ތެރޭގައި ކޭންޕްވެސް ކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި އަލަށް ބައެއް ޓީމުތަކުން ވާދަކުރާއިރު، މިފަހަރުގެ ކުލަބް މޯލްޑިވްސް ކަޕް އަދި ވިމެންސް ފުޓްސަލް ފިއެސްޓާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ. ރޭ ބޭއްވި ރަސްމިޔާތުގައިވަނީ ކުލަބް މޯލްޑިވްސްގެ އާ ލޯގޯވެސް ވަނީ ތައާރަފްކޮށްފައެވެ. މިއަހަރުގެ މުބާރާތުގެ ގުރޫޕްތަކަށް ބަލާލާއިރު،

ގްރޫޕް އޭ: އުރީދޫ، ކަސްޓަމްސް، މީޑިއާނެޓް، އެމްއޭސީއެލް
ގްރޫޕް ބީ: ޕޮލިސް ކްލަބް، އެލައިޑް، ޓްރޭޑް ކްލަބް، އެޗްއާރްސީ
ގްރޫޕް ސީ: ކްލަބް ވެމްކޯ، ސްޓެލްކޯ، ޔޫތު މިނިސްްޓްރީ، ސިޓީ ކައުންސިލް
ގްރޫޕް ޑީ: ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބް، އާރްޑީސީ، ކްލަބް އެޗްޑީސީ
ގްރޫޕް އީ: އިމިގްރޭޝަން، ދިރާގު، އެފްއެސްއެމް، ޓީމް އެމްއެންޕީއެޗްއައި
ގްރޫޕް އެފް: ޕްރިޒަން ކްލަބް، އޭވިއޭޝަން ސެކިއުރިޓީ، ޓީމު ފެނަކަ، އާރްއޯއެލް
ގްރޫޕް ޖީ: އެމްޕީއެލް، ޑީއެސްސީ، ސިވިލް ކޯޓު، ކްލަބް 220
ގްރޫޕް އެޗް: އެސްޓީއޯ، އެމްޓީސީސީ، އެމްއެމްއޭ ސޯޝަލް ކްލަބް، މޯލްޑިވް ގޭސް

ވިމެންސް ފުޓްސަލް ފިއެސްޓާގައި 8 ޓީމް ބައިވެރިވެފައިވާއިރު، އަންހެންބައިގައި އެންމެ ގިނަ ފަހަރު ތަށި ހޯދާފައިވާ ކްލަބް އިމިގްރޭޝަން މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައެއް ނުވެއެވެ. އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ހިމެނެނީ ގްރޫޕް ބީގައެވެ.

ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކްލަބާއި، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ސިޓީ ކައުންސިލް އަދި ޓްރޭޑް ކްލަބްއެވެ.
ގްރޫޕް ބީގައި ހިމެނެނީ އެމްޕީއެލް، ޓީމް ފެނަކަ، ޔޫތު މިނިސްޓްރީ އަދި ކްލަބް ވެމްކޯއެވެ.

ރޭގެ ރަސްމިއްޔާތުގައި މުބާރާތް ސްޕޮންސަރ ކޮށްފައިވާ ފަރާތުގެ އަގުވަޒަންކޮށްފައިވާއިރު، މި ފަހަރުގެ މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މައިލޯ، އުރީދޫ މޯލްޑިވްސް އާއި އެމްޓީސީސީ އަދި އެލައިޑް އިންޝިއުރެންސްއެވެ.