ޚަބަރު

ޢަލީ މަނިކު ޖަނާޒާގައި މަންދޫބެއްގެ ގޮތުން މިނިސްޓަރ އުމަރު


ނިޝާން އިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްހޫމް ޢަލީ ޢުމަރު މަނިކުގެ ޖަނާޒާގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީ ގޮތުން ހިންގެވުމާ މިހާރު ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޟީރު ބައިވެރިވެވަޑައިގެންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ އަލީ އުމަރު މަނިކުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިިނިސްޓަރ އުމަރު ނަސީރު މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރައިވަޑައިގެންނަވާނޭކަމަށެވެ. އަލްމަރްހޫމް ޢަލީ ޢުމަރު މަނިކުގެ ޖަނާޒާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އަސުރު ނަމާދަށްފަހު ސިންގަޕޫރުގައެވެ. މާލޭގައިވެސް ޣައިބަށް ކަށުނަމާދު ކުރުން އޮންނާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. އަލީ އުމަރު މަނިކު އަވަހާރަވީ، ރޭ ރާއްޖެ ގަޑިން 9:30 އެހާއިރު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ.