ޚަބަރު

3000 މީހުން ހަމަނުވާ 8 ޕާޓީއެއް އުވާލައިފި


3000 މީހުން ހަމަނުވާ 8 ސިޔާސީޕާޓީއެއް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އުވާލުމަށް ނިންމެވި ޕާޓީތަކަކީ، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އައިޑީޕީ، މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އެމްއެސްޑީޕީ، ސޯޝަލް ލިބަރެލް ޕާޓީ އެސްއެލްޕީ، ޕީޕަލްސް ޕާޓީ ޕީޕީ، މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އެމްއެންސީ، ޕީޕަލްސް އެލަޔަންސް ޕީއޭ، މޯލްޑިވްސް ލޭބަރ ޕާޓީ އެމްއެލްޕީ އަދި ދިވެހި ޤައުމީ ޕާޓީ ޑީކިއުޕީއެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވާ ގޮތުގައި މިޕާޓީތައް އުވާލުމަށް ކޮމިޝަނުން ނިންމެވީ، ޤާނޫނުގައި ބުނާގޮތުން 3000 މީހުން ހަމަނުވާ ޕާޓީތަކަށް، މީހުން ހަމަކުރުމަށް ދިން ނޯޓިސްއަށްފަހުވެސް މެމްބަރުން ހަމަނުވުމުންކަމަށެވެ.