ކުޅިވަރު

ޓޮޓެންހަމް އަތުން މެންޗެސްޓާ އަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ 3-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި މުހިންމު މޮޅެއް ހޯދައިފިއެވެ.

މެޗުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އެ ޓީމަށް ގޯލެއް ޖަހައިދިން ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. ޔުނައިޓެޑަށް ލީޑު ނަގައިދިނީ މެޗުގެ 39 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރޮނާލްޑޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އެ ގޮތަށް ނިންމީ ވީއޭއާރުން ބަލައި ޔަގީންކުރުމަށް ފަހުއެވެ.

ލީޑުފުޅާކުރަން ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 64 ވަނަ މިނިޓްގައެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގައި ނަމަންޏާ މަޓިޗް ދިން ބޯޅައަކުން މާކަސް ރެޝްފޯޑެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު 10 މެޗުން 17 ޕޮއިންޓް ހޯދައި ލީގުގެ ފަސް ވަނައިގައެވެ. ޓޮޓެންހަމަށް 10 މެޗުން 15 ޕޮއިިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގައެވެ.

މި ސީޒަނުގައި މިހާތަނަށް ޓޮޓެންހަމް ވަނީ ފަސް މެޗުން މި ވަނީ ބަލިވެފައެވެ. މިއީ މިދިޔަ 13 އަހަރު ތެރޭ ޓޮޓެންހަމްގެ ލީގު ފޯމަށް ބަލާއިރު އެންމެ ދަށް ރެކޯޑެވެ.