މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ކުރީގެ ރައީސުން ތަހުނިޔާ ފޮނުއްވައިފިއެވެ.
މިނިވަން ދުވަހާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ. އެ މެސެޖުގައި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް، އުއްމީދުތަކުގައި ކުލަޖައްސައިދިނުމަކީ ޤައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި، އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.
— Ibrahim Mohamed Solih (@ibusolih) July 26, 2026
ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް، އުއްމީދުތަކުގައި ކުލަޖައްސައިދިނުމަކީ ޤައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް… pic.twitter.com/Vbj3qwgroW
ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ، ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހިންނަށް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
Dhivehi Raajjeyge 61 vana fakhuruveri Minivan dhuvahuge thahniyaa enme beyfulhunnah ariskuran.
— Mohamed Nasheed (@MohamedNasheed) July 26, 2026
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެސް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ކުރީގެ ރައީސް މައުމޫންގެ މެސެޖުގައި، ރާއްޖޭގެ ޤައުމީ މިނިވަންކަމުގެ ޝަރަފުވެރި އުފާ އެންމެހާ ރައްޔިތުން ޙިއްޞާ ކުރަމުންދާ މިއުފާވެރި ވަގުތު ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.
މިލޮބުވެތި ދިވެހި ރާއްޖޭގެ ޤައުމީ މިނިވަންކަމުގެ ޝަރަފުވެރި އުފާ އެންމެހާ ރައްޔިތުން ޙިއްޞާ ކުރަމުންދާ މިއުފާވެރި ވަގުތު ހުރިހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ ވެދުން ބަރުތީލަ ކުރަން.
— Maumoon Abdul Gayoom (@maumoonagayoom) July 26, 2026
މީގެއިތުރުން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު އިބްރާހިމް ވަނީ، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު އެކްސްގައި ހިއްސާކުރައްވާފައިވާ މެސެޖުގައި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު، ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތްކަން ޔަޤީންކޮށްދެއްވި ކާބަފައިންގެ ހަނދާން އައި ކުރާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެ، މިނިވަންކަމާއިއެކު އުޖާލާ މުސްތަޤުބަލެއް ޤާއިމްކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
On the 61st Anniversary of our Independence, we honour the courage & vision of those who secured our nation’s freedom. May we continue to strengthen our democracy, safeguard our sovereignty, & build a brighter future together. Happy Independence Day #Maldives! 🇲🇻#Minivan61 pic.twitter.com/RhYdAl7HY7
— Mohamed Waheed (@DrWaheedH) July 26, 2026
ކުރީގެ ރައީސުންގެ އިތުރުން ޕާޓީތަކުގެ އިސް ލީޑަރުންނާއި، ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ދަނީ، އެ ބޭފުޅުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ، މިނިވަން ދުވަހުގެ ހެޔޮއެދުންތައް ދިވެހި އެންމެހައި ރައްޔިތުންނަށް ފޮނުއްވާފައެވެ.