ދުނިޔެ

ޗައިނާގެ މިނިވަން ވިޔަފާރީގެ މަސައްކަތްތައް ހަލުވި ކުރަނީ


ޗައިނާއިން މިނިވަން ވިޔަފާރި ކުރާ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތްތައް ހަލުވިކޮށްފިއެވެ.މިނިވަން ވިޔަފާރިއާ ބެހޭ 14 އެއްބަސްވުމެއް ޗައިނާއިން މިހާތަނަށް ޤާއިމުކޮށްފައިވާއިރު، މީގެ ތެރެއިން 12 އެއްބަސްވުމަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިސާދަށްވާއިރު އެޤައުމުން މިހާތަނަށް ވަނީ 22 ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ. މީގެ ތެރޭގައި އޭޝިޔާ، ދެކުނު އެމެރިކާ، އޯޝަނިއާ އަދި ވިލާތުގެ ޤައުމުތައް ވެސް ހިމެނެއެވެ.ޗައިނާ މިފަދަ އެއްބަސްވުންތައް އެންމެ ފަހުން ޤާއިމުކޮށްފައިވަނީ، ދެކުނު ކޮރެއާއާއި އޮސްޓްރޭލިޔާއާއެކުއެވެ. މި އެއްބަސްވުންތަކަށް މިއަދު ޢަމަލު ކުރަން ފަށާނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. މިއަހަރު ޗައިނާގެ އިޤްތިސާދަށް ހީނަރުކަމެއް ލިބިފައިވި ނަމަވެސް އެޤައުމުން އެހެން ޤައުމުތަކާ އެކު ބާއްވަމުން އަންނަ އިޤްތިސާދީ ގުޅުން ތަރައްޤީކުރުމަށް ޗައިނާއިން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ.