ޚަބަރު

އިންޓަނޭޝަނަލް ސްޕޯކްސްޕާސަންގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސް ޕާރސަންކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާރޓްމަންޓް އުފެއްދުމާ ގުޅިގެން، އެޑިޕާރޓްމަންޓުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާރސަންކަމުގެ މަޤާމަށް، ގ. އަނބުގޭ އިބްރާހިމް ހުސައިން ޝިހާބު 17 ޑިސެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާކަމަށެވެ. ގ. އަނބުގޭ އިބްރާހިމް ހުސައިން ޝިހާބަކީ ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.