ވިޔަފާރި

ގަލްފު އެއަރއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ


ބަހްރެއިންގެ ޤައުމީ އެއަރލައިން، ގަލްފު އެއަރއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

އެގޮތުން މިމަހުގެ 31ވަނަ ދުވަހުން ފެށިގެން ގަލްފް އެއަރއިން ރާއްޖެއަށް ދުވާލަކު އެއް ދަތުރުކުރުމަށްވަނީ ރާވާފައެވެ. ގަލްފް އެއަރގެ މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ގަލްފް އެއަރގެ ފްލައިޓުތަކުގައި ރާއްޖެއަށް މެދުއިރުމަތީގެ ޤައުމުތަކުންނާއި ޔޫރަޕްގެ ޤައުމުތަކުން ފަތުރުވެރިން އާދެއެވެ. ގަލްފް އެއަރއިންވަނީ މިމަހުގެ 31ވަނަ ދުވަހުން ފެށިގެން އިސްތަންބޫލަށާއި، ޑާކާއަށާއި، ކޮލަމްބޯއަށް ކުރާ ދަތުރުތައްވެސް އިތުރު ކުރުމަށް ނިންމާފައެވެ.

ފަތުރުވެރިކަމުގެ ހައި ސީޒަނާއި ދިމާކޮށް ރާއްޖެއަށް ދަތުރުތައް ފަށާ އެއަރލައިންތައްވެސް މަދެއް ނޫނެވެ. އަދި ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރު ކުރުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު 34 އެއަރލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.